navLogo

ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން ވަޒީފާއަށް ބަދަލު ގެނެވިގެން ނުވާނެ: ފައްޔާޒް

ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން ވަޒީފާއަށް ބަދަލު ގެނެވިގެން ނުވާނެ: ފައްޔާޒް
social media
މަރިޔަމް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި އިޤްތިޞާދީ ތަރައްޤީއަށް ކުރީގެ މިނިސްޓަރ، ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ، ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެއްވެސް މީހެއްގެ ވަޒީފާއަށް ބަދަލެއް ގެނެވިގެން ނުވާނެ ކަމަށެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ސްކޫލުގައި އެރަށު ދޮންބަގީޗާގޭ، އަމާނުﷲ އަދާކުރަމުން ދިޔަ ވަޒީފާ އެއަތޮޅު ދެކުނުބުރީ ވާދޫ ޖަމާލުއްދީން ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ކުރުމާ ގުޅިގެންނެވެ. އޭނާ މިކަމާ ގުޅިގެން އެކްސް (ކުރިން ޓްވިޓަރ) ގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އަމާނުﷲގެ ވަޒީފާ ބަދަލުކުރުމަކީ ސަރުކާރުން އޭނާއަށް ދިން ބޮޑު އަނިޔާއެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. "އެޑިއުކޭޝަން މިނިސްޓްރީން ބޭއިންސާފުން އަޅާ މިފަދަ ފިޔަވަޅުތަކަކީ ވަޒީފާގެ ރައްކާތެރިކަމެއް މިއަދު އެއްވެސް މުވައްޒަފަކަށް ނެތްކަން ސާފުވާ ކަމެއް. ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެއްވެސް މީހެއްގެ ވަޒީފާއަށް ބަދަލެއް ގެނެވިގެން ނުވާނެ." ފައްޔާޒް އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިނިސްޓްރީތައް މެދުވެރިކޮށް ސިޔާސީ ގޮތުން ނުފޫޒާއި ބިރު ދެއްކުމުގެ ސިޔާސަތު އަލުން އިއާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Rate this article

Leave a Comment

Comments (0)